އަވައްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަނޫރާގެ ވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ކާމިޔާބު ކުރެއްވީ ލަންކާގެ ވަރުގަދަ ސިޔާސީ ލީޑަރުންނާއި ވާދަކުރައްވައެވެ. އޭނާ ވަނީ 55.89 ޕަސެންޓަށް ވުރެ ގިނައިން އިންތިހާބުގައި ވޯޓު ހޯއްދަވައިފައެވެ.
އަނޫރާ އަކީ މީގެކުރިން މާބޮޑު މަގުބޫލު ކަމެއް ހުންނެވި ސިޔާސީ ބޭފުޅަކަށް ނުވި ނަމަވެސް އޭނާ މިފަހަރު އިންތިހާބުގެ ކެމްޕެއިނުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ގޮވާލެއްވިއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ