ފުލުހުންނާއި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ގުޅިގެން ކުރާ މަސައްކަތުން ޖިނާއީ އަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ދާދިފަހުން ޕީޖީގެ މަގާމަށް އައްޔަންކުރެއްވި އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ އައްބާސް މިއަދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކޮމިޝަނަރު އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރު ޖެނެރަލަށް މަރުހަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ވެދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ހިދު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ.
އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ހުށަހަޅާ މައްސަލައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް