ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނުނަގާ ފަޒީލާ އުސްމާން ހިންގަމުން އަންނަ "ފަޒީސް ހިޖާމާ" ގެ މައްސަލަ އެ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ހެލްތުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެތަން ހިންގުމުގެ ލައިސަންސް ލިބެންދެން ކްލިނިކުން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކްލިނިކު ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ އިޝްތިހާރުތައް ވެސް ނެގުމަށް އެންގިއެވެ. އެގޮތަށް އެންގީ އެ އިޝްތިހާރުތައް ވެސް ޖެހޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާތީއެވެ.
ފުލުހުން މިއަދު ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި