މާލޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މީހަކާއި މެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ ތައިލޭންޑުން ރާއްޖެ އައި ތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މީގެތެރެއިން އެކަކު މިމަހުގެ 18ވަނަ ދުވަހު ހައްޔަރުކުރިއިރު ދެން ތިބި ދެ މީހުން ހައްޔަރުކުރީ މިމަހުގެ 19ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ވަނަވަރު ފުލުހުން ވަނީ ފޮޓޯއާއެކު އާއްމު ކޮށްފައެވެ.
ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު:
1- އަސްވާނު މުހައްމަދު (28އ) ލ.ގަން / މުކުރިމަގު
2- މުހައްމަދު އަހުސަމް (26އ) މާލެ / ހ. ދޮންތުނޑި
3- މުހައްމަދު ޞިބްތު (19އ) މާލެ / މ. މަސްކޮތަންގެ
ފުލުހުން ބުނީ މި ތިން މީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށާއި މި ތިން މީހުން ރާއްޖެ އައީ ފިލައިގެން އުޅެނިކޮށް ތައިލޭންޑުން ޑީޕޯޓް ކޮށްލުމުން ކަމަށެވެ.
މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އަސްވަން މުހައްމަދު ދޫކޮށްލާފައިވާ ކަމަށާއި ބާކީ ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ