ބައިނަލްއަގުވާމީ މައިދާނުގައި، މުހިއްމު ހުރިހާ ކަމެއްގައި ވެސް ރާއްޖޭގެ ބަސް އިއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދގެ އާއްމު މަޖިލީހުގެ 79ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އިރާކޮޅު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާއްމު މަޖިލީހުގެ ބަހުސްގެ އިތުރުން އެހެނިހެން ބައްދަލުވުންތަކުގައި ރާއްޖޭގެ ބަސް އިއްވާނެ ކަމަށެވެ.
"ގައުމަށް މުހިއްމު ކަންކަމުގައި، ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ އަށް އެންމެ ފައިދާވާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް. ރާއްޖެ އަށް ފައިދާ ހުރި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ވާހަކަދައްކާ އެކުގައި މަސައްކަތް ކުރެވިގެން،" އދގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން އދ. އަށް ވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އަދި ދުނިޔޭގައި ހިނގާ އެކި ކަންކަމުގައި ވެސް އަޅުގަނޑުމެންގެ ބަސް އެތަނަށް [އދ އަށް] ނުގޮސް އިއްވުމާއި އެތަނަށް ގޮސް އިއްވުމާ ވަރަށް ތަފާތު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް