ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ ބޭނުންކޮށްގެން އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމިން އެވެނިއުއިން ދެ އެޕާޓްމަންޓު ގަނެފައިވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ އެ މައްސަލާގައި އެފްއޭއެމްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަސް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ތިން މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.
އެ މީހުންނަކީ ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލާއި މ. ހިތިނައިދޫ، ހަސަން ވަހީދު 49، އާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން 3.8 މިލިއަން ރުފިޔާއަށް އަމިން އެވެނިއުއިން ގަނެފައި ވަނީ "A1205" އާއި "A1206" އެޕާޓްމަންޓު ކަމަށް ސަވާދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ފީފާއިން 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އެފްއޭއެމުން ނަގާފައިވާ ކަމަށާއި އެ ލޯނުގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްޓަކާ އަމިން އެވެނިއުއަށް ޖަމާކުރި ކަމަށް ސަވާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފައިސާ އަނބުރާ އެފްއޭއެމަށް ލިބިފައިނުވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ސަވާދު ވިދާޅުވީ ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމަށް ލިބުނުކަން ދެއްކުމަށްޓަކާ ބައެއް ލިޔެކިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ބައްސާމްގެ އިތުރުން ހަސަން ވަހީދާއި މުހައްމަދު އަގީލުގެ އިތުރުން އަމިން ކޮންޓްރަކްޝަނަށް ދައުވާ ކުރަން ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.
މީގެ އިތުރުން އެފްއޭއެމުންގެ އެކައުންޓުން ބައްސާގެ އެކައުންޓަށް 10،000 ޔޫއެސް ޑޮލަރު ޖަމާކޮށް، އަމިއްލަ ބޭނުންކޮށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ސަވާދު ވިދާޅުވިއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު