ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ ލަސްވާ ކަމަށް ގަބޫލު ނުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތައް ކުރިއަށްދާނީ މަޖިލީހުގެ އިޖުރާއަތުގެ ތެރެއިން ކަމަށެވެ.
"އެކަމަށް ލަސްވެފައިވާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތަކާ ކުރިއަށްދާނީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ގުޅޭ ކަމެއްގައި އޭނާ ޖަވާބު ދިނުމަކީ މުނާސަތު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ބިލު ދިރާސާ ކުރުމަށް ހުށަހަޅާފައި ވަނި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށެވެ. އެ މައްސަލަ އެ ކޮމިޓީގައި އޮންނަތާ މިއަދަށް 100 ދުވަސް ވެއްޖެއެވެ.
އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. އެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އެ މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އިޒުރޭލު މީހުން ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ