މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ތިން ވަނަ ބުރީގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު މިރޭ 11:33ގައި ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލުންނެވެ. މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ