މާލޭގެ ބޭރު ތޮއްޓާއި ފެން ހިންދުމުގެ ނިޒާމު އަޕްގްރޭޑު ކުރުމަށް ޖަޕާނު ސަރުކާރުން ދިވެހިރާއްޖެ އަށް އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.
ޖަޕާނުން ވަނީ މާލޭގެ ބޭރު ތޮއްޓާއި ފެން ހިންދުމުގެ ނިޒާމު އަޕްގްރޭޑު ކުރުމަށް 20 މިލިއަން ޔުއާން [140،000 އެމެރިކާ ޑޮލަރު] ގެ އެހީ ދީފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ މަޝްރޫއަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ހާމަ ކޮށްދޭ މަޝްރޫއުއެއްކަން ފާހަގަކުރައްވާފައެވެ.
މާލޭގެ ބޭރުގައި މިހާރުވެސް ޖަހާފައިވާ ބޭރު ތޮއްޓަކީ 1990ވަނަ އަހަރު ޖަޕާނުގެ އެހީގައި ޖަހާފައިވާ ބޭރު ތޮއްޓެކެވެ. މިނިސްޓަރު ޒަމީރު ވަނީ 2004ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބާރުގަދަ ސުނާމީގައި މާލެ ސިޓީ އަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީ ޖަޕާނުން ޖަހައިދީފައިވާ ބޭރު ތޮށީގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ.
އިތުރަށް ވިދާޅުވީ ބޭރު ތޮށި މަރާމާތު ކުރުމާއެކު މާލޭގެ ބޭރު ތޮށި އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޖަޕާނުގެ އެކޮނޮމިކް އަދި ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް