ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ހަތްވަނަ ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު އިއުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިއުލާން ކުރެއްވީ މިއަދު ބޭއްވި ދައުރު ބޭރުގެ ޖަލްސާ ނިންމާލައްވަމުންނެވެ. ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި 50 މެންބަރުން ސޮއިކުރައްވާ ހުށަހެޅި ހުރިހާ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.
ދައުރުން ބޭރުން ޖަލްސާއެއް ފުރަތަމަ ބޭއްވީ ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅާއި މެދު ގޮތެއް ނިންމުމަށެވެ. އަދި ކުންފުނިތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ގޮތެއް ނިންމުމަށެވެ.
މިއަދުގެ ޖަލްސާގައި އެ ހުރިހާ މަސައްކަތްތަކެއް ވަނީ ނިންމާލައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ