ފެން ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނެއްގެ ބޮލަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއެއް ހިނގާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއް ގުޅޭ ބްރިޖުގައެވެ. ފުލުހުން ބުނީ ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލުގައި އިން 24 އަހަރުގެ ޒުވާނާ އަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބޮލަށް އަނިޔާވުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މީޑިއާތަކުގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ ބައުޒަރުގައި ޖެހި ސައިކަލު ވެއްޓިފައިވާ މަންޒަރެވެ. އަދި ގިނަ އަދަދެއްގެ ފެން ވެސް ބައުޒަރުން ފައިބާފައި ހުރި މަންޒަރު ފެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ