ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރަޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރަޓިކް ނިޒާމު ބިނާކުރަން އިސްލާމްދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް އދ. ގެ އާއްމު މަޖިލީހުން ފާސް ކޮށްފައި ވަނީ 2007ވަނަ އަހަރުއެވެ. އެ އަހަރަށްފަހު ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހަކީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަހަށް ހާއްސަ ޝިއާރެއް ކަނޑައަޅެވެ. އެގޮތުން މިއަހަރުގެ ޝިއާރަކީ "ރަނގަޅުވެރިކަމެއްގެ ވަސީލަތެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް" އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ