ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 11 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންހެނެއްގެ އަތުން ފޭރުނު މައްސަލާގައި ރ. އަލިފުށި / ހަބީބީހެޕް، އިސްމާއިލް ސާއިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަންހެން މީހާގެ އަތުން އޭނާ ފޭރިފައި ވަނީ ސައިކަލެއްގައި ދަމުން ކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފޭރުނު ވޮލެޓާއި ފޯނު ފުލުހުން ހޯދާފައިވާއިރު ސާއިފް ދުއްވި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
މީގެއިތުރުން ކަރަންޓު ބުރުމާތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ގެއަކުން ވަގަށް ނެގި މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ހުސައިން ނަމަކަށް ކިޔާ 48 އަހަރުގެ މީހެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ