މަދަނީ މައްސަލައެއްގައި ދައުލަތުން ކޯޓުގައި ޖަވާބުދާރީވުން ލަސްވުމުން, އަމިއްލަ ކުންފުންޏަކަށް އަށް ލައްކަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޮންޓެކް ކުންފުނި ގްރީން އޮފީސް ބިލްޑިންގެ މަސައްކަތް ކުރުމުން އެ މަސައްކަތަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް ހަވާލުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަނާޅައިފިނަމަ އެ ފަރާތެއްގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވިދާނެއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައި ވަނީ ގާނޫނުގައި އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގައި އޮންނަ ކަމަށާއި އެހެންކަމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދުން ފެށިގެން ތިން މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
މިގޮތަށް ހުކުމްކުރި ނަމަވެސް އެ ރިވިއުކުރަން ހަ މަސް ތެރޭގައި ކޯޓުގައި އެދުމުގެ ފުރުސަތު އޮވެއެވެ.
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް