ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ މަޖިލިސް ޖަލްސާ މިރެއަށް އެޖެންޑާ ކޮށްފިއެވެ.
ދައުރުން ބޭރުން ބާއްވާ މި ޖަލްސާ އެޖެންޑާ ކޮށްފައި ވަނީ މިރޭ 21:00 އަށެވެ. އެޖެންޑާގައި އޮތީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދަށް ހަމަވާނެއެވެ.
އެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި ކުރީގެ ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ކުރިމަތިލައްވަން ވަނީ ނިންމަވައިފައެވެ.
އެނގިފައިވާ ގޮތުަގައި ރައީސްގެ ލީގަލް ސެކެޓްރީ އައްބާސްގެ އިތުރުން ވަކީލް އާދަމް ޝަމީމް ވަނީ އެ މަގާމަށް ކުރިމަތިލާން ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅައިފަ އެވެ. އެ މަގާމަށް ދެން ކުރިމަތިލާ ބޭފުޅުންނަކީ ކޮބައިކަން އަދި ސާފެއް ނުވެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ