ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ނަމަކަށް ކިޔާ ދިވެހި އަންހެނެއްގެ ހަށިގަނޑެވެ. އޭނާގެ މަރުގެ ތަހުގީގަށް މާލެ އިން ހާއްސަ ތަހުގީގު ޓީމެއް އިއްޔެ ވަނީ ހޮޅުދޫ އަށް ގޮސްފައެވެ.
ފުލުހުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށްވެސް ބުންޏެވެ. އެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށްވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ