ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން މާލޭގައި ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ބިދޭސީން ހިންގާ ކެފޭ ހޮޓާތަކާއި ޓޭކްއަވޭ ފަދަ ތަންތަން ބަލާ ފާސް ކުރުމެވެ. އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.
އޭގެފަހުން ސައްހަ ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެހެން ބައެއް ބިދޭސީން ވެސް ހޯދާ އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ވަކިތަންތަނަށް ހާއްސަ ކޮށްގެން އިއްޔެ ފެށި އޮޕަރޭޝަންގައި ތިން ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށެވެ. އަދި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާއްމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުން އަންނަ ތަންތަން ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ދިރިއުޅުމަށް ކުއްޔަށް ދޭ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅިގެން ދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި ހިމެނޭ އެފަދަ ހުރިހާ އެކަމޮޑޭޝަން ބްލޮކްތަކެއް ބަލާ ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން