މާލޭގެ ކެފޭއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގިނަ 57 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހ. ދޫހިމެރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެގެ މެންދުރު 14:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުން ބުނީ އަލިފާން ރޯވީ ސޯސަން މަގު ކަންމަތީގައި ހުރި ކެފޭއެއްގައި ކަމަށެވެ. ތިން ބުރިއަކަށް ހަދާފައިވާ އެތަނުގެ މަތީގައި ދިރިއުޅެނީ ބިދޭސީންނެވެ. ބައެއް ނޫސްތަކުގައި އެތަނުގައި 50 ބިދޭސީން ދިރިއުޅޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
އެންޑީއެމްއޭ އިން ރޭ ބުނީ އަލިފާނުގެ ހާދިސާގައި 57 މީހުން ހާލުގައި ޖެހުނުއިރު އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށްވެސް ބުންޏެވެ.
އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ އެމްއެންޑީއެފް އިން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު ގަޑިއެއްހާއިރު ވެއްޖެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށަ އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ