ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން، އެ ސައިކަލާ ހަވާލުވާން ދިޔަ މީހަކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތުގެ ދޮރުގެ ލައިޓު ތަޅާލި މީހަކު ރޭ 00:45 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކ. މާލެ ހ. ހެމަވަތިގެ، ޒައިދާން މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހެކެވެ،
ފުލުހުން ބުނީ އޭނާ ޕޮލިސް ސްޓޭޝަނަށް ދިޔައީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯ ކުރުމުން، އެ ސައިކަލާ ހަވާލުވާން ކަމަށެވެ.
ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓު އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުން ފެނިފައިވާ ކަމަށާއި އެހެންކަމުން މަސްތުވާތަކެތީގެ މައްސަލައާ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ހުންނާނެ ރާކަނި މަސް ކެވިފަ ދައްޖާލަށް. އުމުރަށް ޖަލަށްލާ.
ފީބޯ