މާލޭގެ ގެސްޓު ހައުސް އަކުން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާ ފެނުނީ ހެންވޭރުގައި ހުންނަ ގެސްޓު ހައުސް އަކުންނެވެ.
ފުލުހުން ބުނީ އެމީހާ އަކީ އެ ގެސްޓު ހައުސްގެ ކޮޓަރިއެއްގައި އުޅެމުން އަންނަ މީހެއް ކަމަށެވެ. ނަމަވެސް އެމީހާގެ ހަބަރެއް ނުވާ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ ގެސްޓު ހައުސް އަށް ގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ގޮސް އެމީހާ އުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ