އިންޑިއާ އާއެކު ގުޅުން ބާއްވަން ޖެހޭކަން ރާއްޖެ އިން ގަބޫލުކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު މިފަދައިން ވިދާޅުވީ ލިޔުންތެރިޔާ ރާޖިވް ސާންކްރީ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ލިޔުއްވި ފޮތެއް ނެރުމަށް ބޭއްވި ހަފްލާއެއްގައެވެ. އެފޮތުގައި އަވަށްޓެރި ގައުމުތަކާއެކު އިންޑިއާ އިން ބާއްވާ ގުޅުންތަކުގެ ވާހަކަތައް ލިޔެފައިވާއިރު ޖައިޝަންކަރު ވަނީ ރާއްޖެއާއެކު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"އަޅުގަނޑު އެންމެފަހުން ރާއްޖެއަށް ކުރި ދަތުރުގައި ފެނުނު ގޮތުގައި މިއަދު ރާއްޖެއިން އެބަ ބަލައިގަނޭ ދެ ގައުމުގެ ގުޅުމަކީ ރާއްޖެއަށް ކޮޅަށް ދެމިހުރުމުގެ ބާރެއްކަން،" ޖައިޝަންކަރު ވިދާޅުވިއެވެ.
އަވަށްޓެރި ގައުމުތަކާއެކު ދުޅަހެޔޮ ރަނގަޅު ގުޅުމެއް ބޭއްވުމަކީ އުނދަގޫ ދަތި ކަމެއްްކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
"މީހުން އައިސް، މިހެން ބަންގްލަދޭޝްގައި ވެއްޖެޔޭ، އެހެން ރާއްޖޭގައި ވެއްޖެޔޭ ބުނާއިރު އަޅުގަނޑަށް ހީވަނީ އެ މީހުން އެބަ ޖެހޭހެން ދުނިޔޭގެ އެހެން ތަންތަނުގައި ކަންވާ ގޮތް ބަލައި އަޅުގަނޑު ގާތު ބުނަން، ކޮން ގައުމެއްގައިކަން ގޮންޖެހުންތަކާއި މައްސަލަތައް ނެތީ،" ޖައިޝަންކަރު ވިދާޅުވިއެވެ.
ދާދިފަހުން ޖައިޝަންކަރު ވަނީ ރާއްޖެ އަށް ވަޑައިގެންފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން އިންޑިއާގެ މިހާ މަތީ ފަންތީގެ ބޭފުޅަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ރައީސް މުއިއްޒު ދެ ފަހަރެއްގެ މަތީން އިންޑިއާ އަށް ވަނީ ވަޑައިގެންފައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި