މީހުން ބިނާ ކުރުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯ އިން ޕޮލިޓެކްނިކާއެކު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އެވެ. ޕޮލިޓެކްނިކުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
މި އެއްބަސްވުމަކީ ސްޓެލްކޯ އަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް އެކުލަވާލި އެއްބަސްވުމެކެވެ.
އެެގޮތުން އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައި ދިނުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި ޕޮލިޓެކްނިކުން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށް ދޭނެ އެވެ.
އެއްބަސްވުމުގައިވާ ގޮތުން ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހުރި ސްޓެލްކޯގެ މުވައްޒަފުންނަށް، ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިން ފުރުޞަތު ފޯރުކޮށް ދޭނެ އެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކާއި ގުޅުންހުރި "އިން-ހައުސް ޓްރެއިނިންގ" ޕްރޮގްރާމްތަކުގައި ޖާގަ އޮތް މިންވަރަކުން، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށް ދޭނެ އެވެ. ފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނެއެވެ. އެއްބަސްވުން ހެދީ 5 އަހަރަށެވެ.
ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް