މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ރޭ މެންދަމު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ގދ. ގައްދޫ މުހައްމަދު ލީވާން، 21، އެވެ. އޭނާ ނިޔާވީ ރޭ މެންދަމު 2:10ގައެވެ.
މިއީ ވޭތުވެދިޔަ 48 އިރުތެރޭގައި އެކްސިޑެންޓުގައި ނިޔާވި ދެ ވަނަ މީހާއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލީވާން އެކްސިޑެންޓްވީ ސައިކަލެއްގައި ބާރަށް ދުއްވާފައި ދަނިކޮށް، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރެއްގައި ޖެހިގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ