މާލެ ގެސްޓު ހައުސްއަކަށް ފިރިހެނަކު ގެންގޮސް، އިތުރު ފިރިހެނަކު ބައިވެރިވެގެން އޭނާ ރަހީނުކޮށް ބައި ލައްކަ ރުފިޔާ ފޭރުނު މައްސަލާގައި 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ، ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާ ދީދީ، 27، އެވެ.
ފުލުހުން ބުނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި ރޫމަށް ދިނުމަށް ދައުވަތު ދިން ކަމަށާއި އެއަށްފަހު މާފަންނު މުރަނގަމަގުގައި ހުރި ގެސްޓްހައުސްއަކަށް އޭނާ ގެންގޮސް އިތުރު ފިރިހެނަކު ބައިވެރިވެގެން އޭނާ ރަހީނު ކުރި ކަމަށެވެ. އޭނާ ރަހީނުކުރުމަށްފަހު ފޯނާއި ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާއާ ގުޅިގެން ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި އިތުރު މީހަކު ހައްޔަރެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް