ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލޭގައި އޮތް ޓީއެފްޖީ މެރެތަންއެއްގައި ބައިވެރިވާން ދިޔަ ދުވުންތެރިޔާ ނިޔާވި މައްސަލާގައި ސްޕޯޓްސް ކާރުގެ ޑްރައިވަރު ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސް، ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ރޭ ނިޔާވެފައި ވަނީ ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހު، 23، އެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ، 26، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަމާހުގެ ރައްޓެހިން "ހަތާވީސް"އަށް ބުނީ އެކްސިޑެންޓު ހިނގުމުން ސްޕޯޓްސް ކާރު ފިލަން މަސައްކަތް ކުރި ކަމަށެވެ. ކާރު ފިލަން މަސައްކަތް ކުރުމުން، ފަހަތުން ދުވަން ފެށުމާއެކު ކާރު ހުއްޓާލި ކަމަށެވެ.
ހަތާވީސްއަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގި ވަގުތު ތިން މީހަކު ކާރުގައި ތިއްބެވެ.
ސަމާހު ދުއްވާފައި ދިޔަ ސްކޫޕީ ސައިކަލުގައި ކޮންޓްރޯނު ނުވެގެން އައިސް ކާރު ޖެހުމުން، އޭނާ ވިއްސައިގެން 45 ފޫޓް ދުރަށް ދިޔައެވެ. އަދި ޖެހުނު ގޮތުން ބޮލުގެ ނާށިގަނޑު ފަށައިގެންގޮސް، ސިކުނޑިއަށް ގެއްލުންތަކެއްވިއެވެ.
ފުލުހުން ބުނީ ސަމާހު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށެވެ.
ސަމާހުގެ ކަށުނަމާދު އޮތީ މަޣްރިބު ނަމާދަށްފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
 
		 
 
 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								