އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިހުތިޖާޖުކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ އަންހެނުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލައިފިއެވެ.
އެމްބަސީތަކުގައި ކައިރީގައި އަޑުއުފުލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުނެވެ. ޑރ. ޝަޒްރާއަކީ އެމްއެންޔޫގެ ލެކްޗަރާއެކެވެ.
އެންމެ ފަހުން އެ ދެ މީހުންގެ ބަންދަށް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން އެ ދެ މީހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފައެވެ.
މި މައްސަލާގައި ފުލުހުން މީގެކުރިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއްވެ ތިބި މީހުން ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓި ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމަށް އެ ދެ މީހުން އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކައުންސިލް އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ
އިލެކްޝަނަށް ރިފްއަތު އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމައިފި
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭ ނިންމުން ރާއްޖޭން ކުށްވެރިކޮށްފި
ގައުމު އަތުވާނީ ދެފުށް ފެންނަ ނިޒާމަކުން އިދާރާތައް ހިންގައިގެން
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު ވާނެ: މެޓް
ވަގުތީ ގޮތުން ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި