ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ގާނޫނުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކްނޯލޮޖީ އާއި، އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި، ދިވެހިރާއްޖޭގެ އިގްތިސޯދި ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.
އެ ގާނޫނުގައި ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރައްވާފައިވެއެވެ.
ހަމައެހެންމެ އެ ގާނޫނުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ، އިންވެސްޓްކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ހޯދުމަށްފަހުގައިކަންވެސް ބަޔާންކޮށްފައިވެއެވެ.'
އަދި ފޮރިން އިންވެސްޓްމަންޓްގެ ހުއްދަ ދިނުމުގައި ފުރިހަމަކުރަންޖެހޭ މަރުޙަލާތަކާއި، ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދިނުމުގެ އިޖުރާއަތުތަކާއި، އިންވެސްޓަރުންގެ ޒިންމާތަކާއި، އިންވެސްޓަރުންނަށް މި ޤާނޫނުން ލިބިދެވޭ ޙިމާޔަތާއި ރައްކާތެރިކަމާ ގުޅޭ މާއްދާތައް ހިމަނައިފައިވެއެވެ.
އޭގެއިތުރުން، އެ ގާނޫނުގައި އިންވެސްޓްމަންޓް ދައުލަތަށް ނެގިދާނެ ހާއްސަ ހާލަތްތަކާއި، ގާނޫނާ ހިލާފުވާނެ އަމަލުތައް ކަނޑައަޅައިފައިވެއެވެ. އަދި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ފިޔަވައި ފޮރިން އިންވެސްޓްމަންޓާ ގުޅޭގޮތުން އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލެއް އެ ގާނޫނާ ފުށުއަރާނަމަ، އިސްކަންދޭނީ އެ ގާނޫނަށް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.
އެކެއް މޭ 1979 ގައި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު ވުޖޫދަށް އައިތާ 45 އަހަރު ފަހުން، މިއީ މި ގާނޫނަށް ޒަމާނީ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން