ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި, ސްޕޯޓްސް ކާރު ދުއްވި މީހާ ހައި ކޯޓުން ދޫކޮށްލުމުން އަލުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ކާރު ދުއްވަން ހުރި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ވަކީލެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުން, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އަލުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ. އަދި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް ވަނީ ޖަހައިދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި