ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި, ސްޕޯޓްސް ކާރު ދުއްވި މީހާ ހައި ކޯޓުން އިއްޔެ ދޫކޮށްލުމުން އަލުން އޭނާ ހައްޔަރު ކޮށްފިއެވެ.
މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ކާރު ދުއްވަން ހުރި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން އިއްޔެ ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ވަކީލެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުން, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އެ މީހާ ދޫވުމުގައި އިހުމާލުވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މީހާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އިހްސާންގެ ޓްވީޓްގައިވެ އެވެ.
އޭނާ އަލުން ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކޮށްފައެވެ.
އެ މައްސަލާގައި އިކްރާމްގެ އިތުރުން ކާރުގައި ދެން ތިބި އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލް ވެސް ހައްޔަރުކުރި އެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓަށްފަހު ފިލައިގެން އުޅެނިކޮށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު