ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އާއްމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެކަމަކީ މިއަދުގެ ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު ވެސް އެޗްޑީސީ އަކީ އާއްމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަކީ ރައީސްގެ ވިސްނުންފުޅުގައި އޮތް ކަމެއް ކަމަށެވެ.
ވަޒީރުން މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލު ކުރަން ވަނީ ނިންމައިފައެވެ.
ހައިދަރު ވިދާޅުވީ އެފްޑީސީ އަކީ މިހާރުވެސް ސޯޝަލް ހައުސިންގެ ވަރަށް ބޮޑު މަޝްރޫއުއެއް ކުރިޔަށް ގެންދާ ކުންފުންޏެއް ކަމަށެވެ.
މިނިސްޓަރު އެ އިޝާރާތް ކުރެއްވީ ކުރީގެ އެމްޑީޕީ ސަރުކާރުން ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. އެ މަސައްކަތް ކުރިޔަށް ގެންދަނީ ފަހި ދިރިއުޅުމުގެ ދަށުންނެވެ.
ސަރުކާރުން ނިންމާފައި ވަނީ މުޅި ރާއްޖޭގައި ވެސް ސޯޝަލް ހައުސިން ސްކީމުގެ މަސައްކަތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދިއުން ކަމަށް ހައިދަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލު ކުރުމުން ދެން، ސޯޝަލް ހައުސިންގެ ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދާނީ އެފްޑީސީން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ