ރަހީނު ކުރި އަންހެނަކު ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކުރަން އުޅުމުގެ ތެރޭގައި އަނިޔާވި ށ. މިލަންދޫ، އާދަމް އަޚްތަރު، 32، އިއްޔެ ޖަލަށް ބަދަލުކުރި ފަހުން ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާގެ އާއިލާ އިން ބުނި ނަމަވެސް އަޚްތަރަށް ފިޓު ޖެހުނު ކަމަކަށް އެއްވެސް ޑޮކްޓަރެއްގެ ލިޔުމުގައި ބަޔާންކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޭޑީކޭގައި އަހްތަރަށް ފަރުވާދިނުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އިއްޔެ ހެނދުނު އޭނާ ވަނީ މާލޭ ކަސްޓޯޑިއަލަށް ބަދަލުކޮށްފައެވެ.
އާއިލާއިން "ހަތާވީސް"އަށް ބުނީ އަޚްތަރު ފިޓު ޖެހިގެން އިއްޔެ ހަވީރު އައިޖީއެމްއެޗަށް ގެނެސް، އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އާއިލާއިން ބުނީ އަހްތަރުގެ ބޮލަށާއި ލޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ތިން ތަނެއް ކަފައިގެން ގޮސް، ފަހާފައިވާ ކަމަށެވެ.
އަޚްތަރަށް ލިބުނު އަނިޔާތައް (އާއިލާއިން ދިން މައުލޫމާތު)
ކަނާތު ލޮލުން ނުފެނޭ
ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ފަހާފައިވޭ
ކަނދުރާއަށް އަނިޔާވެފައިވޭ
މައިބަނދައަށް އަނިޔާވެފައިވޭ
ނަމަވެސް ފުލުހުން މިއަދު ބުނީ އަޚްތަރުގެ މެޑިކަލް ރިޕޯޓުތަކާއި ސީޓީ ސްކޭން ނަތީޖާއަށް ބަލާއިރު ޓެސްޓުތައް ނޯމަލް ކަމަށް ފެންނަ ކަމަށެވެ. އަދި ނަފްސާނީ މީހަކަށާއި ނާރުގެ ޑޮކްޓަރަކަށް އަޚްތަރު ދެއްކުމުން ވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އަޚްތަރަށް އައިސީޔޫގައި ފަރުވާ ދޭން އެއްވެސް ޑޮކްޓަރަކު ލަފާ ދީފައި ނުވާ ކަމަށާއި އަދި އޭނާ ފިޓު ޖެހުނު ކަމަކަށް އެއްވެސް ޑޮކްޓަރެއްގެ އެއްވެސް ލިޔުމެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
އަޚްތަރަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ އަންހެނަކު ރަހީނު ކޮށްގެން އުޅޭތީ، އެ އަންހެން މީހާ އޭނާގެ ކިބައިން ސަލާމަތް ކުރަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް