ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ރޭ ގެއްލުނު "އަކިރިސް" ބޯޓު، އެމްއެންޑީއެފް އިން މިއަދު ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ފަތިހު ހަ ފަޅުވެރިން ހިމެނޭހެން 14 މީހުންނާ އެކު، އެ ބޯޓު ގެއްލިގެން ރިޕޯޓްކުރީ ރޭ 7:10ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެ ދިވެހީންނާއި 12 ބިދޭސީން ހިމެނެއެވެ. ބޯޓު މިއަދު ފެނުނުއިރު، އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ހޯދާފައި ވަނީ މިއަދު ހެނދުނު 8:50 ހާއިރު، މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ