ލ. އަތޮޅުން މާލެ އަށް ފުރި ބޯޓެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ހަތާވީސް" އަށް ވިދާޅުވީ އެ ބޯޓު ފުރީ ރޭ ފަތިހު ކަމަށާއި އެ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި ހަތް މީހުން ތިބި ކަމަށެވެ.
އެ ބޯޓުގައި ތިބީ ދެ ދިވެހިންނާއި ފަސް ބިދޭސީންނެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހުންނެވެ.
އެމްއެންޑީއެފް އޮފިޝަލް ވިދާޅުވީ ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ "އަކިރިސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެބޯޓަކީ ލ. ގަމާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ