ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ ލިމިޓް އުވާލުމަކީ މާލީ ބަގާވާތެއް ކަމަށް ތުހުމަތުކޮށް، ފަށާފައިވާ ތަހުގީގުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަންނަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބީއެމްއެލުން މާލި ބަގާވާތެއް ގެންނަން އުޅުނީ އިދިކޮޅު އެމްޑީޕީއާ ގުޅިގެންނެވެ.
ބީއެމްއެލް ރުފިޔާ ކާޑުތަކުގެ ޑޮލަރުގެ ލިމިޓް ކަނޑާލުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުން، އެ ދުވަހު ސަރުކާރުގެ އެންގުމަށް ވަނީ ބަދަލުކޮށްފައެވެ. ބީއެމްއެލުން ބުނީ އެ ނިންމުން ބަދަލު ކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ