ސިނަމާލެ ބްރިޖުން ލޭނެއް މަދު ކަމަށް ވިދާޅުވެ, ރައީސް ޑރ. މުހައްމަދު މުއިއްޒު ކީރިތި ކުރެއްވެންދެން އެމަނިކުފާނާ ދިމާލަށް ކުރީގެ ރައީސް އަބްދުالله ޔާމީން ބަވާލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރު ސިނަމާލެ ބްރިޖް ހުޅުވުމަށް މަސައްކަތް ކުރަމުން ދިޔައިރު, ބްރިޖްގެ އެއް އެއް ލޭން މަދު ކަމަށް ވިދާޅުވެ ޕީޕީއެމްގެ އޮފީހުގައި ވަޒީރުންގެ ކުރިމަތީގައި ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން އެމަނިކުފާނާ ދިމާލަށް ޔާމީން "ހެސް ކިޔާފައި ބަވާލި" ކަމަށެވެ. އަދި ބްރިޖުން އެއް ލޭން މަދުކަން އޭގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް އެ ދުވަހު ޔާމީން ވިދާޅުވި ނަމަވެސް އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރުގައި ކެބިނެޓްގައި ތިއްބެވި އިއްޒަތްތެރި ވަޒީރުން ވެސް އަދި އަޅުގަނޑުމެން ވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުން ރައީސް މުއިއްޒު ވަކި ކުރައްވަން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން ޔާމީނަށް ނުކުރެއްވުނީ ކަމަށާއި އެކަން އެނގޭނެ ބޭފުޅުން މިހާރު ވެސް ތިއްބަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މަގާމުން ވަކިކުރަން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ވަކި ކުރެވޭ ގޮތް ނުވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށް ވިދާޅުވެ, އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް 2013 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތީ ދެން ތިބި ބޭފުޅުން މަސައްކަތުން ކަމަށެވެ. އަދި ޕީޕަލްސް އެލަޔަންސް އުފެއްދިއިރު އެއްވެސް ރަށަކަށް ޔާމީން ވަޑައިނުގަންނަވާ ކަމަށާއި އަދި އެ ޕާޓީގައި އިސްކޮށް ތިބި އެންމެންނަށް ޔާމީން ދެއްވީ ލަނޑު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނޭ އެ މަސައްކަތްކުރީ. އަޅުގަނޑާއި މިހާރުގެ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމާއި މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޖައުސާ ޖައުފަރާއި މިކަހަލަ ގްރޫޕެއް އެކީގައި އުޅުނީ. އެންމެންނަށް ލަނޑު ނޫންތޯ ދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަކީ މާތްالله ރަހުމަތާއި އިރާދަފުޅުން ކަމަށާއި އެކަން ޔާމީން ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢެހެންވީމަ އަމިއްލަ އަންގައިން އެ ބުނެވުނީ ބުރިޖުގެ ލޭނެއް މުއިޒު ދިރުވާލައިގެން އެކަން ފަޅާ އަރަިގެން ބެވި ވާހަކަ. އަމިއްލަ އަށް ތި ސޯޓު ބާލަނީ..
ާއަހްމަދް