ގިނަ އަދަދެއްގެ ނަގުދު ޑޮލަރާއެކު ރާއްޖެ އިން ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފިއެވެ.
އެއާޕޯޓަށް މިމަހުގެ 25ވަނަ ދުވަހު ފުރަން ގޮސް ހުއްޓާ އޭނާ ހިފެހެއްޓީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނެވެ. އޭވިއޭޝަނުން ބުނީ އެމީހާ އަކީ އިއްޔެގެ ވަގުތެއްގައި ޔޫއެސް ބަންގްލާ އެއާލައިންސް އިން މާލެ އިން ޑާކާ އަށް ދަތުރު ކުރަން އޮތް ފްލައިޓަކުން ފުރަން އުޅުނު މީހެއް ކަމަށެވެ.
އެމީހާގެ ލަގެޖުގައި ފޮރުވައިގެން ގަވާއިދާ ހިލާފަށް ރާއްޖެ އިން 81،030 ޑޮލަރު ރާއްޖެ އިން ބޭރު ކުރަން އުޅެފައިވާ ކަމަށް އޭވިއޭޝަނުން ބުންޏެވެ. އޭނާ މިހާރު ވަނީ ކަމާބެހޭ އިދާރާތަކާއި ހަވާލު ކޮށްފައެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތު ހާމަކޮށް ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހިފަހައްޓާފައި ވަނީ ޝަހްމިން އިސްލާމް ޝަގުރު، ނަމަކަށް ކިޔާ އުމުރުން 32، އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި ބުނީ އެ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް