ބިދޭސީންތަކެއް ވެގެން ހިންގާ ނުތާހިރު ބަދިގެއެއް ހޯދާ އެތަނުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މޯލްޑިވްސް އިމިްގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރު ކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއެކު، މިދިޔަ ހޮނިހިރު ދުވަހު ހ. ބިއަންކާ ނަމަކަށް ކިޔާ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ. އެ ރެއިޑުގައި ވެސް ކަމާގުޅުންހުރި އެހެން އިދާރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ މި ރެއިޑުތަކުގައި މިހާރު އަންނަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ފަރާތްތަކުން ވެސް ބައިވެރިވަމުންނެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ