އެމްޑީޕީން ފަހަތަށް ޖެހިގެން މިވަގުތު ތިބީ ދިވެހި ރައްޔިތުން އާނއެކޭ ބުނި ބަޔަކަށް ފުރުސަތު ދޭން ކަމަށާއި، އެކަމަކު މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ނަމަ މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ މިއަދު ރާއްޖޭގެ މާލީ ހާލަތު ދަނީ އަވަށްޓެރި ލަންކާ އަށް ކުރިމަތިވި މާލީ ކާރިސާއާ ދިމާލަށް ކަމަށެވެ. މި ހާލަތު ކުރިމަތިވިޔަ ނުދިނުމަށްޓަކައި އެމްޑީޕީން މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ނަމަ މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގައި ތިބީ ޖަލަށް ލާފާނެތީ ނުވަތަ މުދާތައް ހިފަހައްޓާނެތީ މަގުމައްޗަށް ނިކުންނަން ނުކެރޭ ބައެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ހަދައިފައެވެ. ހެނދުނު ނިންމި އެ ނިންމުން އެ ބޭންކުން އިއްޔެ ހަވީރު އިހު އޮތް ގޮތަށް ބަދަލުކުރިއެވެ.
އެގޮތަށް ބަދަލުކުރީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަންގައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. ރޭގެ އެމްޑީޕީ ގައުމީ މަޖިލީހުގައި ފައްޔާޒު އެކަމަށް ފާޑު ވިދާޅުވިއެވެ.
"ވަރަށް ނާޒުކު ފައްތަރެއްގައި މިއޮތީ. މިހާރު އެބޭފުޅުން އެކުރައްވާ ކަންތައްތައް. މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމަށް އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ފެނިއްޖެ ކަމަށްވަންޏާ އެ ބޭންކް ވެސް ދިވެހިރާއްޖެ ދޫކޮށްލުމަކީ ވަރަށް ގާތްކަމެއް. އެހެންވެއްޖެއްޔާ ދިވެހިރާއްޖެއަށް އެތެރެ ކުރެވޭނެ ލާރިއެއް ބޭރު ކުރެވޭނެ ލާރިއެއް ނޯންނާނެ." ވޭތުވެދިޔަ ފަސް އަހަރު އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ބޭންކުތަކުގެ ބޯޑަށް ސިޔާސީ ބޭފުޅުން އައްޔަން ކުރުމަކީ ވެސް ނުރައްކާތެރި އަދި ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ