މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ އަލިފާނުގެ ހާދިސާ ހިނގީ އަލިކިލޭގެފާނު މަގުގައި ހުންނަ ގަރާޖެއްގައި ކަމަށެވެ. އަލިފާންގަނޑު ބޮޑަށް ފެތުރުމުގެ ކުރިން ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި ބަންގްލަދޭޝް އަދި އިންޑިއާ އަށް ނިސްބަތްވާ ދެ ބިދޭސީން ހޮސްޕިޓަލަށް ގެންދިޔައެވެ. އެގޮތުން ބަންގްލަދޭޝް މީހާ ގެންދިޔައީ އައިޖީއެމްއެޗް އަަށެވެ. އިންޑިއާ މީހާ ގެންދިޔައީ އޭޑީކޭ އަށެވެ.
އެމްއެންޑީއެފް އިން ބުނީ ބަންގްލަދޭޝް މީހާގެ ގައިން ހަ ޕަސެންޓު ފިހިފައިވާ ކަމަށެވެ. އަދި އިންޑިއާ މީހާގެ ގައިން ތިން ޕަސެންޓު ފިހިފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ