ރާއްޖެ އަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނާއިބު އުޝާމް ވިދާޅުވީ މިއަދު ކުރިޔަށް ދިޔަ ކެބިނެޓު ބައްދަލުވުމުގައި ރާއްޖޭގެ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެ ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ އިސްލާހު ގެންނަން ނިންމާފައިވާ ބައެއް ގާނޫނުތައް ހިއްސާ ކުރައްވާފައެވެ. އޭގެތެރޭގައި ހިމެނީ ޕެންޝަން ގާނޫނާއި އިންކަމް ޓެކްސްއާ ބެހޭ ގާނޫނު ހިމެނެއެވެ.
އުޝާމް ވިދާޅުވީ އެ ގާނޫނުތަކުގެ އިތުރުން އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއެކު މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެ މަސައްކަތްތަކަށް ފަހު މީރާގެ ގަވާއިދުތަކަށް ނުވަތަ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ