ސަރުކާރަށް މާލިއްޔަތު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަން ޖެހިފައިވާ ދަތިތަކަށް ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމާޒެއް ނެތުމާއި، ހިންގަން ނޭނގުމުގެ ސަބަބުންނާއި، ހައިޖާނު ބޮޑުކޮށް ވަޒީފާއަށް މީހުން ނެގުމާއި ވަޒީފާއިން ވަކިކުރުމާއި، މިސްރާބެއް ނެތް ޚާރިޖީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރައްޔިތުން އިޤްތިޞާދީ ފުން އަނދަވަޅަކަށް ވައްޓާލާފައިވާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ޑޮލަރު ނެގުން ލިމިޓްކުރުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ޔުނިވަރސިޓީ/ކޮލެޖް ޚަރަދުތަކާއި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް ދަތިވާނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ބޭރުގައި ތިބޭ ދަރިވަރުންނަށް ޑޮލަރު ފޯރުކޮށްދެވޭނެ މަގެއް ނުހޯދައި، ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނާއި، ސްކޮލަރޝިޕް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކެއް ނެތްކަމާއި، އިޤްތިޞާދީ އަމާން އައްސޭރިއަކަށް ރާއްޖެ ގެންދިޔުމުގެ ޕްލޭނެއް ސަރުކާރުގެ ނެތްކަން ސާބިތުވާ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މިސްރާބު ސީދާކޮށް، ބޭރުގައި ތިބި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށް ޝާހިދު ސަރުކާރަށް ގޮވާލެއްވިއެވެ.
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި