ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ލާޒިމުކުރާ އަދަދަށް 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ތިން ހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމަށް ބުނެ 2022ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އިލެކްޝަނުން ބުންޏެވެ. އޭރުވެސް އެމްއާރްއެމް ހިމެނެއެވެ.
އޭރު އެމްއާރްއެމް އިން ބުނީ އެޕާޓީގެ މެމްބާޝިޕް ދަށްވީ، އެނގުމަކާއި ނުލާ އެޕާޓީގެ މެންބަރުންތަކެއް އެހެން ޕާޓީތަކަށް ގެންދިއުމުން ކަމަށެވެ.
އޭގެ ފަހުން އީސީން މިދިޔަ އަހަރުގެ މޭ މަސް ތެރޭގައި އެމްއާރްއެމް އުވާލަން ނިންމިއެވެ. އެހެންކަމުން މިއީ އެމްއާރްއެމް އުވާލަން އެ ކޮމިޝަނުން ނިންމި ދެވަނަ ފަހަރެވެ.
މިދިޔަ އަހަރު އެމްއާރްއެމް އުވާލަން ނިންމުމުން އެޕާޓީ އުވައިލުން މަޑު ޖައްސައިލުމަށް ސިވިލް ކޯޓުން އަމުރު ނެރުނެވެ. އަދި އެ އަމުރު މުރާޖާ ކުރަމުން ދާ ކަމަށް އޭރު އީސީން ވެސް ބުންޏެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި