ދިވެހިންގެ މެދުގައި މަޝްހޫރު ދެ ބިއުޓީ ސެލޫނެއް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ދެ ބިދޭސީއަކު ރާއްޖެ އިން ޑީޕޯޓު ކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި ޑީޕޯޓްކޮށްލީ ރިޓްޒް ބިއުޓީ ސެލޫން ހިންގަމުންދިޔަ ރަޖާނީ ޝްރެސްތާ އާއި ސުޒޫ ސެލޫން ހިންގަމުންދިޔަ ސުޝްމިތާ ދައުގޮތާ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނިެގޮތުގައި ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިޔަ ނޭޕާލަށް އުފަދަން ރަޖަނީ ނުވަތަ އާންމު ނަމުން ނަމަ ރިޒް އާއި ސުޝްމިތާ ނުވަތަ އާންމު ނަމުން ނަމަ ސުޒޫ ޑީޕޯޓްކޮށްލީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގުމަށްފަހު, އެ ދެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ ދެ މީހުން ޑީޕޯޓްކޮށްލީ ދޫކޮށްފައިވާ ވިސާގެ ބޭރުން ވިޔަފާރި ކޮށްފައިވާތީ އެވެ. އޭގެ ތެރެއިން ރިޒް ޑީޕޯޓްކޮށްލީ މިމަހުގެ 13 ވަނަ ދުވަހު ކަމަށާއި އަދި ސުޒޫ ޑީޕޯޓްކޮށްލީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރިޒްގެ އިތުރުން އޭނާއާ އެކު މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީ މުވައްޒަފުންގެ ވެސް ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އެ މީހުން ވެސް ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ދެ ސެލޫނަކީ ވެސް ދިވެހިންގެ މެދުގައި މަޝްހޫރު ދެ ސެލޫނެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ