މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފެމެލީ ކޯޓަށް ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ކައިވެނި ކޮށްދީފިއެވެ.
ފެމެލީ ކޯޓުން އާއްމު ކޮށްފައިވާ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި 1،121 ކައިވެންޏެއް ކޮށްދީފައިވެއެވެ. މީގެތެރެއިން 85 ކައިވެންޏަކީ ބިދޭސީން ދިވެހިންނާއި ކޮށްފައިވާ ކައިވެންޏެވެ. ފެމެލީ ކޯޓުން ބުނީ ވޭތުވެދިޔަ ހަމަސް ދުވަހު 594 ވަރި ކޮށްދީފައިވާ ކަމަށެވެ.
ފެމެލޯ ކޯޓުން ބުނީ ވޭތުވެދިޔަ ހަމަސް ދުވަހު ރާއްޖެ އިން ބޭރުގައި ކޮށްފައިވާ 89 ކައިވެންޏެއް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ.
އެ ކޯޓަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 1،073 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 1،065 މައްސަލައެއް ބަލައި ނިންމިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
މި ޚަބަރު ކިޔާލީމާ ކައިވެނިކުރީ ބިދޭސީ ފިރިހެނުން ކަމެއް ދިވެހި އަންހެނުންކަމެއް ނޭގުނު އަޅެ ލިޔުއްވި އިރު ދިވެހި އަންހެނުންނޭ ނުނީ ދިވެހި ފިރިހެނުންނާ ބިދޭސީ އަންހެނުންނާ އޭ ލިޔުއްވާލެއްވިނަމަ....
އޮޅުން ނުފިލާ