ރައްކާތެރި ނޫން ގޮތެއްގައި ކާނާ ތައްޔާރު ކުރާކަން އެއްވެސް ފަރާތަކަށް އެނގިއްޖެ ނަމަ، ރިޕޯޓު ކުރުމަށް ހާއްސަ ނަންބަރެއް ކަނޑައަޅައިފިއެވެ.
ހެލްތު މިނިސްޓަރު ހަލީލް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްކާތެރި ނޫން ކާނާ ތައްޔާރު ކުރާނަމަ އަދި އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް އޮތް ވެއްޓެއްނަމަ، ފޮޓޯ އަދި ވީޑިއޯ ރިޕޯޓް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ނަންބަރަކީ 7603204 އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވައިފައެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން އުވައިލައްވާފައިވާ ކަމަށެވެ.
އަދި އަލަށް އުފެއްދެވި އިދާރާ އަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން