ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިތުބާރު ނެތް ކަމަށް މައްސަލާގައި، ޝަމީމް އެ މަގާމުން ވަކިކުރަން އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އެ މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ. މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޝަމީމަށް ޖަވާބުދާރީވާން ފުރުސަތު ދޭން ނިންމިއެވެ. އަދި މިއަދު ހެނދުނު ޝަމީމް ކޮމެޓީ އަށް ހާޒިރުވެވަޑައިގަތެވެ. ނަމަވެސް ކޮމެޓީ ކުރިޔަށް ގެންދިޔައީ ސިއްރުންނެވެ.
ކޮމެޓީގެ މެންބަރަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ޝަމީމާއެކު ބޭއްވި ބައްދަލުވުމަށްފަހު ކޮމެޓީން އޭނާ ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ސަބަބު:
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލްކުރުން
 - ކުރީގެ ޔޫތު މިިސްޓަރު އަހުމަދު މަހުލޫފު އެ މަގާމުގައި ދެމި ހުރުމަށް އެ މައްސަލަ ފައިލް ކުރުން
 - ސަފާރީ ރޭޕް ކެސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތި އިސްތިއުނާފް ނުކުރުން
 - ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން
 - ބަނގުރަލާ ގުޅޭ 77 މައްސަލަ އަނބުރާ ގެންދިއުން
 - އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިއުން
 - ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުން
 
ޝަމީމް މަގާމުން ވަކިކުރަން އުޅޭ މައްސަލައާ ގުޅޭ ގޮތުން ޝަމީމް ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެނެއް ނޫން ކަމަށާއި އެ ނިންމެވުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރާތީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި އިތުބާރުގެ އެފަދަ މައްސަލަތައް ހިނގާ ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމާށެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ