ބުޅާ މަހުން ކާ އެއްޗެހި ހެދި ކަމަށް ބުނާ މީހާ މާލެއިން ހައްޔަރުކޮށްފި އެވެ.
އެމީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މިއަދު ހެނދުނު 10:32 އެހާކަންހާއިރު، މާލެއިން ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މި މީހާއާ ގުޅޭ ވާހަކަ ފެންމަތި ކުރީ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުންނެވެ. އެ އޯގަނައިޒޭޝަނަކީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މާލެ ދެކުނު ފަރާތު، މެރީ ބުރައުން ސަރަހައްދުގައި އުޅޭ ބުޅާތައް ހިފުމަށް އޭނާ ގޮސް އުޅެނިކޮށް، ބަޔަކު ވަނީ އޭނާގެ ހުއްޓުވައި، ވީޑިއޯކޮށް ސުވާލުކޮށްފައެވެ.
އޭނާ ދިރިއުޅޭ ހަނި ގޯޅިގަނޑާއި ކެއްކުމުގެ މަސައްކަތް ކުރާތަނުގެ ވީޑިއޯ ވަނީ ބަޔަކު ނަގައި، އާންމުކޮށްފައެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނާއި ހަވާލާދީ ޓިކްޓޮކްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ ބުޅަލުގެ ގުނަވައްތައް އެ ސަރަހައްދުން ފެނިފައިވާ ކަމަށާއި ބުޅާ ރޯއަޑު އެ ސަރަހައްދުން ވަރަށް ގިނައިން އިވޭ ކަމަށެވެ.
ބުޅަލުގެ މަހުން އޭނާ ކާތަކެތި ތައްޔާރު ކުރާ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް