ބުޅަލުގެ މަސް ބޭނުން ކޮށްގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީއެއް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާން ކޮށްފިއެވެ.
މި މީހާއާ ގުޅޭ ވާހަކަ އެންމެ ފުރަތަމަ ފެންމަތި ކުރީ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުންނެވެ. އެ އޯގަނައިޒޭޝަން އަކީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އަދި އެ މީހާއާ ސުވާލުކުރާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފައެވެ.
ވީޑިއޯ ކުރި މީހާ ވަނީ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް އާއްމު ކޮށްފައެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނާއި ހަވާލާދީ އެ ވީޑިއޯގައި ބުނެފައި ވަނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވައްތައް ފެނިފައިވާ ކަމަށެވެ.
އެމީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހެކެވެ. އިމިގްރޭޝަނުން ބުނީ އޭނާ ހޯދަނީ އެ އިދާރާ އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
ބައެއް މީޑިއާތަކުގައި އިމިގްރޭޝަންގެ އޮފިޝަލުންނާއި ހަވާލާދީ ވަނީ ހޯދަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ