ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލަ އާއި ވ. އާރަށް މައްސަލާގަ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
މީގެ ތެރެއިން އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށްފަހު ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. ނަމަވެސް ފުއްގިރި މައްސަލަ މިހާތަނަށް ކްރިމިނަލް ކޯޓުގައި އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ.
އޭގެ ތެރެއިން ފުއްގިރި މައްސަލާގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައި ވާއިރު، އާރަށް މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހަށެވެ. އެ ދެ މައްސަލަ ވެސް މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ފުއްގިރި މައްސަލާގައި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރެ އެވެ. އަދި އާރަށް މައްސަލާގައި ވެސް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރެ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ބޮޑު ޖަލު ހުކުމެއް އަންނާނެ އެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި