ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެ ނަރުސް މީހާ އައިޖީއެމްއެޗް އިން ސަސްޕެންޑުކޮށްފިއެވެ.
ފުލުހުން ބުނީ މީގެ ދެ ހަފްތާ ކުރިން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ހޮސްޕިޓަލުގެ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ނަރުސް މީހާއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެމީހާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މީހާ އަކީ އައިޖީއެމްއެޗުގެ ވޯޑު އިންޗާޖަކަށް ކުރިން ހުރި މީހެކެވެ. އެކަމަކު އައިޖީއެމްއެޗް އިން ބުނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މީގެ ދެމަސް ކުރިން ވޯޑް އިންޗާޖުގެ ވަޒީފާގެ މަސްއޫލިއްޔަތު އެމީހާގެ އަތުން ނަގާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ